ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކަކުގައި ފެތުމުގެ ކުޅިވަރުތައް ކަމުގައިވާ އާލާކޮށް ފުޅާކޮށް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުން. މީގެ ތެރޭގައި ފެތުމުގެ ކުޅިވަރުތައް ކުޅުމަށް ހިތްވަރުދީ ، މިކުޅިވަރުތައް ކުޅެވޭނެގޮތް ރާވައިދީ، ނޭދެވޭ އަސަރުތަކުން މިކުޅިވަރުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ދެމެހެއްޓުން ހިމެނެއެވެ.
ރާއްޖޭގައި ފެތުމުގެ ކުޅިވަރުތައް އާލާކޮށް މިކުޅިވަރުގެ މަޤްބޫލުކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތަތައް އިންތިޒާމްކޮށް ބާއްވައި އެހެންފަރާތްތަކުން އިންތިޒާމް ކުރާ ފެތުމުގެ ކުޅިވަރުގެ މުބާރާތްތައް ރާވާ ހިންގުމަށް ބާރުއަޅައި ހިތްވަރުދީ އެހީތެރިވުމާއި ފެތުމުގެ ކުޅިވަރު މުބާރާތްތަކުގައި ވީހާގިނަކުޅުންތެރިންނަށް ބައިވެރިވެވޭނެ މަގުފަހިކޮށްދީ އެކަމަށް ހިތްވަރުދީ އެހީތެރިވެދިނުމާއި އެކަންތައް ހިންގާނެ ގޮތްތައް ރާވާ ތަންފީޛް ކުރުން.
އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ބައިވެރިންގެ މެދުގައި ޖިންސީ އަދި ނުކުޅެދުންތެރިކަމުގެ ތަފާތު ކުރުމެއް ނެތި ހަމަހަމަކަން ޤާއިމްކުރުން.
ފެތުމުގެ ކުޅިވަރުތަކުގެ ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާޢިދުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހޯދައި ދިރާސާކޮށް ކުޅުންތެރިންނަށާއި އޮފިޝަލުންނަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި އޮޅުންފިލުވައިދީ ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން ފެތުމުގެ ކުޅިވަރުތަކުގެ ބައިނަލްއަޤްވާމީ ޤަވާޢިދުތައް ދިވެހިރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގައި ބޭއްވޭ ފެތުމުގެ ކުޅިވަރުތަކުގެ މުބާރާތްތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާޢިދުތައް ތަންފީޛްކުރުން.
ފެތުމުގެ ކުޅިވަރުތަކުގައި ބައިވެރިވާ އައު ފެތުންތެރިންނާއި، ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް ފެތުންތެރިންނަށް ލިބިފައިވާ ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް ހިތްވަރުދިނުމާއި، ޤައުމީ އަދި ބައިނަލް އަޤުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރުން.
ފެތުމުގެ ކުޅިވަރުތަކީ ދިވެހިންގެ މެދުގައި މަޤްބޫލް ކުޅިވަރަކަށް ހެދުމަށްޓަކައި މުބާރާތްތަކާއި ޗެމްޕިއަންޝިޕްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމާއި އެފަދަ މުބާރާތްތަކާއި ޗެމްޕިއަންޝިޕްތައް ހިންގައި ރޭވުމަށް ޤަވާޢިދުތަކެއް އެކުލަވާލައި، ޝާއިޢުކޮށް އެޤަވާޢިދުތައް ތަންފީޛް ކުރުމާއި، އެޤަވާޢިދުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެގޮތްތައް ކަނޑައަޅާ އެކަންތައްތައް ތަންފީޛް ކުރުން.
ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުބާރާތްތަކުގައި ބައިވެރިވެ، ރަނގަޅު ނަތީޖާ ހޯދާ، މިރޮނގުން ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރުން.
ފެތުމުގެ ކުޅިވަރުތަކުގެ މުބާރާތްތަކާއި ޗެމްޕިއަންޝިޕްތައް ރޭވުމުގައި، "މަސްތުވާތަކެތިން އެކަހެރި" މުބާރާތްތަކަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެމަޤްޞަދު ޙާޞިލްކުރުމަށް ބޭނުންވާ އިތުރު ޤަވާޢިދުތައް ހެދުމާއި އެޤަވާޢިދުތައް ތަންފީޛް ކުރުން.
އެސޯސިއޭޝަންގެ މަޤްޞަދުތަށް ޙާޞިލްކުރުމަށްޓަކައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު ތަންދިން އެންމެ ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވެ، ފެތުމުގެ ކުޅިވަރުތައް ކުރިއަރުވައި، އަދި ހިންގާ ޤައުމީ އަދި ބައިނަލް އަޤްވާމީ ފެޑަރޭޝަންތަކާއެކު ފެތުމުގެ ކުޅިވަރަށް
No comments:
Post a Comment